logoEN
cocacola
މިނިސްޓަރ ޒަމީރު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާއަށް ވަޑައިގެންފި

މިނިސްޓަރ ޒަމީރު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާއަށް ވަޑައިގެންފި

އަހުމަދު ޝުރާއު

logo

5/8/2024, 5:14:57 PM

# މިނިސްޓަރ ޒަމީރު

މިނިސްޓަރ ޒަމީރު އިންޑިއާގައި

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މިނިސްޓަރ މޫސާ ޒަމީރު އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފި އެވެ.

ގޮސިޔާ

މިނިސްޓަރ ޒަމީރު އިންޑިއާއަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ. އެގޮތުން އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމް އިންޑިއާގެ ނިއު ދިއްލީއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވަ ސަފީރު މުނޫ މަވާހަރު އެވެ.

މިނިސްޓަރ ޒަމީރު އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

View post on Twitter

މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅާއި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާނެ ކަމަށް ދިވެހި ސަރުކާރުން ބުނި ތާރީހާއި ދިމާވެއެވެ. އެގޮތުން ދެގައުމުގެ ސަރުކާރުންވެސް ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެ ކަމަށް ބުނެފައި އެވެ. އަދި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ އިންޑިއާގެ އެންމެ ފަހު ސިފައިންތައް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިބާނެކަންވެސް ހާމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ