logoEN
cocacola
ގަމު ލިންކުރޯޑުގައި އަލިފާނުގެ ހާދިސާއެއް!

ގަމު ލިންކުރޯޑުގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

6/6/2024, 8:23:52 AM

# ސިފައިން

ގަން ލިންކް ރޯޑުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ

ލ.ގަމު މުކުރިމަގާއި މަތިމަރަދޫއާ ދޭތެރޭ ލިންކުރޯޑް ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

ސިފައިން މިއަދު ބުނީ ލ.ގަމު މުކުރިމަގާއި މަތިމަރަދޫއާ ދޭތެރޭ ލިންކުރޯޑްގެ އަރިމަތީގައި އޮތް ވިނަގަނޑެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 19:50 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެރޭ 20:22 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ