ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށް: ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ސަލާމަތްކުރުމަށް މަސައްކަތްކުރަނީ
އަހުމަދު ޝުރާއު
12/12/2024, 5:09:53 AM
ލިޔެކިޔުންތަކެއްގައި ރޯވިޔަ ނުދީ ސަލާމަތް ކުރުމުގައި ސިފައިން އަވަދިނެތި. --- ވަގުތު އިމޭޖަސް
މިއަދު ހެނދުނު ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވި އަލިފާން ގަނޑު ނިއްވާލުމުގެ މަަސައްކަތް މިހާރުވެސް ކުރަމުންދާއިރު އެ މިނިސްޓްރީގައި ހުރި ލިޔެ ކިޔުންތައް ސަލާމަތްކުރުމުގެ މަސައްކަތްވެސް ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ އަންނަކަމަށް ދިދާއީ މިނިސްޓަރު އައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
އެސަރަހައްދުގައި ހުންނަވައި، ވަޒީރު އައްސާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 6:30 އެހާއިރުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަކަމަށެވެ.
އަދި ސިފައިންގެ އަތުގައި ހުރި ހުރިހާ ސާމާނެއް ބޭނުންކޮށްގެން، އަލިފާން ނިއްވަން މަސައްކަތްކުރަމުން ދިޔަ ކަމާށާއި އެންމެ ފުރަތަމަ އިސްކަން ދިނީ ކައިރި ހުރި އިމާރާތްތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ކަމަށެވެ.
އެ މަސައްކަތް ނިމުމު އިރު އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރޯވި އިމާރާތުގައި ހުރި ލިޔެކިޔުންތަކާއި އެހެން އެއްޗެހި ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން އަންނަކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ "ގްރީން ބިލްޑިން" އާ ހަމައަށް މިހާރު އަލިފާނުގެ އަސަރު ވަނީ ކޮށްފައިވާކަމަށެވެ.