
-
ކ ތުލުސްދޫ ކައިރިން ބަންޑުން ޖަހައިލި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފުން ނޫސްވެރިންނަށް ދިނީ މިރޭ 22:15 ހާއިރު އެވެ. އެގޮތުން އެމްއެންޑީއެފްއިން މިރޭ ވިދާޅުވީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް، ކ.ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން، މާލެ އޭރިއާ ސެކަންޑް ސްކޮޑްރަން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ދޯނި ބަންޑުން ޖަހާލުމާއި ގުޅިގެން ރު ދޯނިން ދަތުރުކުރި ހަ މީހުންގެ ތެރެއިން އެކަކު ނުފެންނަ ކަމަށް މައުލޫމާތުލިބުމާއިއެކު އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފެށިއިރު، އޭނާ ހޯދުމަށް ތުލުސްދޫއިން ހަރަކާތްތެރިވި މީހުންނަށް އޭނާ ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން މި ހާދިސާގައި ނިޔާވީ އުމުރުން ދުވަސްވި ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިތުރު ތަފްސީލް އަންނަނީ ..