
--
ސަފާރީއެއްގައި އުޅުނު ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އދ. އަތޮޅުގެ ރިސޯޓެއް ކައިރީ އޮތް ސަފާރީއެއްގަ އެވެ. އެގޮތުން ގެއްލިގެން ހޯދަމުން ދަނީ ނ. ހޮޅުދޫއަށް ނިސްބަތްވާ އަލީ އަރުޝަދެވެ.
ފުލުހުން ބުނީ އޭނާ ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީ ހުއްޓާ ވެއްޓި އުޅަނދުގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓޭ މަންޒަރު ސީސީޓީވީން ފެނިފައިވާކަމަށެވެ.
މިހާދިސާއާއި ގުޅިގެން ސިފައިން ބުނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ދަރުރުކުރަމުން ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
ގުޅުންހުރި

ޣާޒީ ސްކޫލު ސަރަހައްދުގައި ”ރަމަތަ ޕްރޮގްރާމް” ކުރިއަށް ގެންގޮސްފި
%20(1).webp&w=3840&q=75)
އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު - ސީޕީ
