logoEN
cocacola
ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތް: ގދ އަތޮޅު ކައުންސިލުން އެއްލައްކަ ގަސް އިންދަނީ!

ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތް: ގދ އަތޮޅު ކައުންސިލުން އެއްލައްކަ ގަސް އިންދަނީ!

އަހުމަދު ޝުރާއު

logo

6/5/2024, 5:18:13 PM

# ގދ އަތޮޅު ކައުންސިލް# ގދ އަތޮޅު ރައީސް ހަސަން ފައިހަތު

ގަސް އިންދުމުގެ ހަރަކާތުގައި އަތޮޅު ރައީސް ފައިހަތު ބައިވެރިވެވަޑައިގަންނަވަނީ

މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ގދ އަތޮޅު ކައުންސިލުން ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

ގޮސިޔާ

މިިއަދު ތިނަދޫ ސިޓީގައި ހުންނަ އަތޮޅު ކައުންސިލްގެ ސްޓޭޓް ހައުސްގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައި އެކައުންސިލުން ވަނީ ގދ އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް އިފްތިތާހްކޮށް އަތޮޅުގެ ސްކޫލުތަކަށް ޑަސްބިން ހަދިޔާކޮށްފައެވެ.

ގދ އަތޮޅު ކައުންސިލުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ސަރުކާރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ތެރެއިން ގދ އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމަށް އެކައުންސިލުން އަމާޒުހިފައި އެކަމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެފޮތުން މިއަދުގެ ރަސްމިއްޔާތަށްފަހުގައި ތިނަދޫ ސިޓީ ގެ އިރުއުތުރު ފަރާތުގައި ގަސް އިންދުމުގެ ޙައްސަ ހަރަކާތެއް ކުރިއަށް ގެންދެވިފައިވާ ކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މި ހަރަކާތުގައި މުޢައްސަސާތަކުގެ ވެރިންވަނީ ބައިވެރިވެވަޑައިގެންފައި އެވެ.

undefinedގަސް އިންދުމުގެ ހަރަކާތުގައި ގދ އަތޮޅު ރައީސް ފައިހަތު އަދި ގައްދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ގދ އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ގދ އަތޮޅު ރައީސް ހަސަން ފައިހަތު ގުދުރަތުالله އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގދ އަތޮޅު ރައީސް ހަސަން ފައިހަތު ގުދުރަތުالله ވަނީ ކޮންމެ ދުވަހަކީވެސް ތިމާވެށި ހިމާޔަތް ކުރުމަށް ކަނޑައަޅައި އެކަމަށް ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ހަރަކާތްތަކުގެ ތެރެއިން ގދ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ 11 ސްކޫލަކަށް ޑަސްބިން ހަދިޔާކޮށްފައެވެ. އެގޮތުން އެ 11 ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލަކަށްވެސް މަދުވެގެން 10 ޑަސްބިން އެކައުންސިލުން ވަނީ ހަދިޔާކޮށްފައެވެ.

undefinedގދ އަތޮޅުގެ ސްކޫލުތަކަށް ޑަސްބިން ހަދިޔާކުރުން

ޑަަސްބިން ހަދިޔާކުރި ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ ތިނަދޫ ސްކޫލް, އަބޫބަކުރު ސްކޫލް, ގދ. އަތޮޅު ތަޢުލީމީ ވަރުކަޒު, މަޑަވެލި ސްކޫލް, ހޯނޑެއްދޫ ސްކޫލް , ނަޑެއްލާ ސްކޫލް, ރަތަފަންދޫ ސްކޫލް, ވާދޫ ޖަމާލުއްދީން ސްކޫލް, ފިޔޯރީ ސްކޫލް, ގދ އަތޮޅު ސްކޫލް އަދި ހުވަދޫ ސްކޫލެވެ.

ގދ އަތޮޅު ކައުންސިލުން ބުނީ މިއަދު ކުރިޔަށް ގެންދިޔަ ދެ ހަރަކާތަކީ އަތޮޅު ކައުންސިލުން މިއަހަރަށް ބަޖެޓްކުރެވިގެން އަތޮޅުފެންވަރުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުހިންމު ޙަރަކާތްތަކެއް ކަމަށެވެ.

މިއަދުގެ ހަރަކާތްތަކުގައި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ތިނަދޫގެ މުވައްސަސާތަކާއި ސްކޫލުތަކުގެ ބައެއް ދަރިވަރުން ވަނީ ބައިވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ