
މިނިސްޓަރ ޒަމީރު ލަންކާގެ ރައީސް އާއި ބައްދަލުކުރެއްވުން
ރާއްޖޭގެ ފޮރިން މިނިިސްޓަރ މޫސާ ޒަމީރު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ލަންކާ ރައީސްގެ ރަސްމީ އޮފީހުގައި އެވެ. މިނިސްޓަރ ޒަމީރުގެ އަރިހުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ބުނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ލަންކާގެ ރައީސްއަށް ދެއްވި ކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޒަމީރު ސްރީލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އެގޮތުން އިއްޔެ މިނިސްޓަރ ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައި އެވެ. އަދި މިއަދު ލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީއާއި ބައްދަލުކުރައްވާފައިވާއިރު ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
ގުޅުންހުރި

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހަށް ޖަހައިދޭން ނިންމައިފި

ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

މިއަދުން ފެށިގެން ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ!
