
ލަންކާގެ ބޮޑުވަޒީރާއި މިނިސްޓަރ ޒަމީރު
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ލަންކާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހުގައި އެވެ. މިއީ މިނިސްޓަރ ޒަމީރު ލަންކާއަށް ކުރަމުން އަންނަ ރަސްމީީ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައްދަލުކުރެއްވުމެކެވެ.
ބައްދަލުވުމަށްފަހު އެކްސްގައި މިނިސްޓަރ ޒަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި. މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި، ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ކުރިއެރުމަށް ބޮޑުވަޒީރު ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައި އެވެ.
މިނިސްޓަރ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެގައުމުގެ ރައީސް ރަނިލް އާއިވެސް ބައްދަލުކުރައްވާފައި އެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓަރ އަލީ ސަބްރީއާއި ބައްދަލުކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ރަސްމީ މަޝްވަރާތައްވެސް ކުރިޔަށް ގެންގޮސްފައެވެ.
ގުޅުންހުރި

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހަށް ޖަހައިދޭން ނިންމައިފި

މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި
-1753899685217.webp&w=3840&q=75)
ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެ އިން ގޮވާލައިފި
