
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޒަމީރު ލަންކާއަށް ވަޑައިގެންފި
# ފޮރިން މިނިސްޓްރީ# ޚާރިޖީ ވަޒީރު މޫސާ ޒަމީރުމިނިސްޓަރ ޒަމީރު ލަންކާގައި
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ.

މިނިސްޓަރ ޒަމީރު ލަންކާއަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ. އެގޮތުން ލަންކާއިން މިނިސްޓަރަށް މަރުހަބާ ދެންނެވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަރަކާ ބަލަސޫރިޔާ އެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރު، ފޮރިން މިނިސްޓަރ އެމް.ޔޫ.އެމް ޢަލީ ސަބްރީއާ އެކު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް އޮޅުންފިލުއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް މިނިސްޓަރ ޒަމީރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

މީޑީއާތަކުގެ ތެލެތޯންއިން އެއްކުރި ފައިސާއާއި ދިވެހި ސަރުކާރުގެ ފަރާތުން ދޭން ނިންމި އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްފި
.webp&w=3840&q=75)
ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެ ތަމްސީލްކޮށްފި
-1764574702492.webp&w=3840&q=75)
އެންއެމްއައިއާރުއެފްގެ މަސައްކަތަށް ފޮރިން މިނިސްޓަރު ޚަލީލްގެ ތައުރީފް!





