
މަޑަވެލި މޫދު ކަސްރަތު ޕްރޮގްރާމް ފެށުން
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި، ގދ.މަޑަވެލި ކައުންސިލް އަދި އެ ރަށުގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީން ގުޅިގެން، އެ ރަށުގެ ކަނބަލުންނަށް ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އެ ރަށުގެ 47 ކަނބަލުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.
ގުޅުންހުރި

ތޮއްޑޫގައި ވާ މަދުކުރުމަށް ސިފައިން ބަޑިޖަހަނީ

ސަފާރީއަކުން ކަނޑަަށް ވެއްޓުނު ދިވެއްސަކު ހޯދަނީ

ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށް: ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ސަލާމަތްކުރުމަށް މަސައްކަތްކުރަނީ
