logoEN
cocacola
ފުވައްމުލަކު ގެއެއްގައި އަލިފާނުގެ ހާދިސާއެއް!

ފުވައްމުލަކު ގެއެއްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

6/3/2024, 7:07:35 AM

# ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާ

ފުވައްމުލަކު ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

ސިފައިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ސިޓީ، ދިގުވާޑު އަވަށު "ގެރަދޫގެ" ބަދިގޭގައި ހުރި ހުޑެއްގައި ކަމަށެވެ.

އެ ގޭގެ ބަދިގޭގައި އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފައި ބަދިގޭގައި ހުރި ހުޑުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ސިފައިންނަށް ލިބިފައިވަނީ ހެނދުނު 06:40 ހާއިރު އެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމަށް ސިފައިން ބުނެއެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 6:48 ހާއިރެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ