logoEN
cocacola
ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފި

ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

6/1/2024, 9:32:35 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު# ބޮރޫޝިއާ ޑޯޓްމަންޑް

ރެއާލް މެޑްރިޑްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު

ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

އިގިރޭސިވިލާތުގެ ވެރިރަށް ލަނޑަނުގެ ވެމްބުލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ރެއާލް މެޑްރިޑް ކުޅުނު ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ޑޯޓްމަންޑުންނެވެ.

އެގޮތުން ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ފޯވާޑް ކަރީމް އެޑެޔޭމީ އަށް ލިބުނު ހުސް ފުރުސަތެއްގައި ރެއާލްގެ ކީޕަރު ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ބޯޅި ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ ކަވަހާލް ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެމިނެޓު ފަހުން އެޓީމު ތަޖުރިބާކާރު ފޯވާޑް ނިކޮލަސް ފުލްކުރޫގް އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެއިތުރުން ފުރަތަމަ ހަފުގެ 41 ވަނަ މިނެޓުގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ޑޯޓްމަންޑްގެ މިޑްފީލްޑަރު މާސެލޯ ސަބިޓްޒާ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ކޯޓުއާ ދިފާއުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ރެއާލް މެޑްރިޑަށް ޑޯޓްމަންޑްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާނުލެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުނުް ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކިޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި ރެއާލް މެޑްރިުޑުން ވަނީ ޑޯޓްމަންޑުގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޑޯޓްމަންޑުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްފައި ޓޯނީ ކުރޫސް ފޮނުވާލި ހަމަލާގެ އިތުރުން، އެޓީމަށް ލިބުނު ކޯނަރެއްގައި މުޅިން ހުސްކޮށްހުރެ ކަވަހާލް ބޮލުން ފޮނުވާލި ހަމަލާ ފާހަގަކޮއްލެވެއެވެ.

މީގެ އިތުރުން މިހާފުގައި ޑޯޓްމަންޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ ފޯވާޑް ފުލްކުރޫގް ބޮލުން ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ރެއާލް މެޑްރިޑުން މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔަބުކޮށްދިނީ ޑިފެންޑަރު ޑެނީ ކަވަހާލް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޓޯނީ ކުރޫސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިއީ ޑޯޓްމަންޑުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް މުޅިން ހުސްކޮއްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ކަނަށް އަމަޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ