logoEN
cocacola
ހަ މަސްދުވަހުގެ ތެރޭގައި ސޮވެރިން ފަންޑު 2 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް!

ހަ މަސްދުވަހުގެ ތެރޭގައި ސޮވެރިން ފަންޑު 2 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް!

އަހުމަދު ޝުރާއު

logo

5/30/2024, 2:50:05 PM

# ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރ

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 2 މިލިއަން ޑޮލަރުގައި ހުރި ސޮވްރިން ފަންޑު 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ ޑރ.މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިފަދައިން ހާމަކުރެއްވީ އެމިނިސްޓްރީއިން ވޭތުވެދިޔަ ހަ މަސްދުވަހު ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

ގޮސިޔާ

މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިޞާދާއި މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި ނަމަވެސް ސަރުކާރުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މީގެކުރިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހުރި ސޮވްރިން ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ސޮވްރިން ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 50 މިލިއަން ޑޮލަރަކީ 700 މިލިއަން ދިވެހި ރުފިޔާއެވެ. މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ސޮވްރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ