
ލަލީގާގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ބެލިންހަމްއަށް
# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ބެލިންގްހަމް# ވިނީޝިއަސް ޖޫނިއަރރެއާލް މެޑްރިޑްގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް
ސްޕެނިޝް ލަލީގާގެ ނިމިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ރެއާލް މެޑްރިޑްގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑް ދޫކޮށް 103 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ރެއާލް މެޑްރިޑާއި ގުޅުނު އުމުރުން 20 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ވަނީ މިސީޒަނުގައި ސްޕެނިޝް ލަލީގާގައި ކުޅުނު 28 މެޗުގައި 19 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު ހަ ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
މިދިޔައަހަރު، އުމުރުން 19 އަހަރުގައި ޖަރުމަން ބުންޑަސްލީގާގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދާފައިވާ ބެލިންހަމް އާއި އެންމެ ގާތުން މިއަހަރުގެ ލަލީގާ މޮޅު ކުޅުންތެރިއާގެ އެވޯޑަށް ވާދަކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.
އަނިޔާގެ ސަބަބުން ލީގުގެ ގިނަ މެޗުތަކެއް ވިނީޝިއަސް އަށް ގެއްލުނު ނަމަވެސް މިސީޒަނުގައި ސްޕެނިޝް ސުޕަކަޕް ފައިނަލުގައި ބާސެލޯނާ ކޮޅަށް ހެޓްރިކް ހެދުމުގެ އިތުރުން ރެއާލް މެޑްރިޑަށް ލީގު ހޯދައިދުނުމުގައި ވިނީޝިއަސް ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




