
ބޮއިކޮޓްކުރުމުގެ ސަބަބުން އާމްދަނީ ދަށްވެ މެލޭޝިއާގެ ގިނަ ކޭއެފްސީ އައުޓްލެޓްތަކެއް ބަންދުކޮށްފި
# މެލޭޝިއާފާސްޓްފުޑް ޗެއިންއެއް ކަމަށްވާ ކޭއެފްސީއިން މެލޭޝިއާގައި ހިދުމަތްދެމުން ގެންދާ ގިނަ އައުޓްލެޓްތަކެއް ވަގުތީ ގޮތުން ބަންދުކުރުން
ފާސްޓްފުޑް ޗެއިންއެއް ކަމަށްވާ ކޭއެފްސީއިން މެލޭޝިއާގައި ހިދުމަތްދެމުން ގެންދާ ގިނަ އައުޓްލެޓްތަކެއް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކޭއެފްސީއިން ވަނީ މެލޭޝިއާގައި ހިދުމަތް ދެމުން އަންނަ އެ ފްރެންޗައިސްގެ 100 އަށްވުރެ ގިނަ އައުޓްލެޑް ވަގުތީ ގޮތުން ބަންދުކޮށްފައި އެވެ.
އުއުޓްލެޓްތައް ބަންދުކުރުމަށް ކޭއެފްސީ އަށް މަޖުބޫރު ވެގެންދިޔައީ ޣައްޒާއަށް ހަމަލާދެމުން އަންނަ އިސްރާއީލަށް އެކުންފުނިން އެހީވާކަން ފަޅާއަރައި ގިނަ ބަޔަކު ކޭއެފްސީ ބޮއެކޮޓްކުރަމުން ދާ ދަނޑިވަޅެއްގައި އެވެ. އެގައުމުގެ ބައެއް ނޫސްތަކުންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭއެފްސީގެ އައުޓްލެޓްތައް ބަންދުކުރީ ބޮއިކޮޓްކުރާ މީހުންގެ އަދަދު ވަރަށް ބޮަޑަށް މައްޗަށް ދިނުމާއި ގުޅިގެންނެވެ. ނަމަވެސްމެލޭޝިއާގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ފްރެންޗައިޒް ހިންގާ ކިއުއެސްއާރް ބްރޭންޑްސް (އެމް) ހޯލްޑިންގްސް ބީއެޗްޑީން ބުނީ ކޭއެފްސީގެ އައުޓްލެޓްތައް ބަންދުކުރީ ވަގުތީ ގޮތުން ކަމަށާއި އެއީ އިގްތިސޯދަށް ކުރަމުން އަންނަ ނުރަނގަޅު އަސަރުތަކުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.
ކިއުއެސްއާރް ބްރޭންޑްސް އިން ބުނީ ބަންދުކުރި އައުޓްލެޓްތަކުގެ މުވައްޒަފުންނަށް ކަސްޓަމަރުންގެ ބައިވެރިވުން ބޮޑު ސަރަހައްދުތަކުގެ އައުޓްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތު އޮންނަ މެލޭޝިއާއަކީ ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމަކަށް ވާއިރު، މުސްލިމް އެހެން ބައެއް ގައުމުތަކެކޭ އެއްފަދައިން އެ ގައުމުގައި ވެސް ހުޅަނގުގެ ބައެއް ފާސްޓްފުޑް ބްރޭންޑްތަކަށް ވެސް ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން ބޮއިކޮޓް ކެމްޕޭންތައް ހިންގައިފަ އެވެ.
ގުޅުންހުރި

އަރްޖިތުގެ ކޮންސަޓެއް އަންނަ ނޮވެމްބަރު މެލޭޝިއާގައި!

މެލޭޝިއާގެ ޖެންޓިންގ ހައިލޭންޑްސްގައި އަލިފާނުގެ ބޮޑު ހާދިސާއެއް!

ދިގު އިންތިޒާރެއްގެ ނިމުން: އަންނަ މަހު މެލޭޝިއާގެ ފުރަތަމަ އެޕަލް ސްޓޯރ ހުޅުވަނީ!
