logoEN
PNC TOP 3
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަނީ

# ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން# ޓްރާންސްޕޯޓް މިނިސްޓްރީ

ބޭރުގެ ގައުމެއްގައި ދުއްވާ ހެލިކޮޕްޓަރެއް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް، އާންމުންނަށް ދިނުމަށް ތައްޔާރުވަމުންއަންނަ ކަމަށާއި، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

PNC MID 2

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކޮންމެ އަހަރަކު ކުރިއަރަމުން އައިސް، ރާއްޖޭގެ މައި އެއާޕޯޓުކަމަށްވާ ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓު އެންމެ ފުރިހަމައަށް ބޭނުންކުރަން ފެށުމުން އެތެރޭގެ އުދުހުންތަކަށް އިތުުރު ގޮތްތަކެއް ބޭނުންވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސީޕްލޭންގެ ނިޒާމު އޮންނަ ގޮތުން އެ ދަތުރުތައް ކުރެވެނީ ދުވާލު އެކަނި ކަމަށާއި، އެހެން ނަމަވެސް ރާއްޖެއަށް ރޭގަނޑު ވެސް ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ވައިގެ ދަތުރުފަތުރު ކުރާނެ އިތުުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެކަނި ސީޕްލޭންގައި މި ދަތުރުކުރީމާ ސީޕްލޭންގެ އުދުހުމުގެ ނިޒާމު އޮންނަ ގޮތުން ދުވާލު އެކަނި މިކަން ކުރަނީ، ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް. އެކަމަކު ރާއްޖެއަށް ޓޫރިސްޓުން އައުމާއި، ރިސޯޓުތަކަށް ނޫނިއްޔާމުން އެބޭފުޅުން ދާން ބޭނުންވާ މަންޒިލަށް ދާން ބޭނުންވަނީ ދުވާލަކު އެކަންޏެއް ނޫން، ރޭގަނޑު ވެސް. އެހެންވީމާ އެންމެ މުހިންމު ކަމަކީ ޕޮއިންޓު ޓު ޕޮއިންޓް ޓްރާންސްފާ ނުވަތަ ފްރީކުއެންސީ ސެންސިޓިވް އޮޕަރޭޝަނެއް ހެދުމަށްޓަކައި އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ އެހެން ގޮތެއް ހޯދަން ވެސް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއާއެކު ހެލިކޮޕްޓަރުގެ ޚިދުމަތް އާންމުންނަށް ދިނުމަށް މި ސަރުކާރުގެ ކެބިނެޓުން ނިންމައި، އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށް އިނގިރޭސިވިލާތުގެ ސިވިލް އޮތޯރިޓީއާއެކު ދިރާސާއެއް ހަދައި، ފިނޭންސް މިނިސްޓްރީގެ ތެރެއިން މާލިއްޔަތު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވުމާއެކީގައި އަޅުގަނޑުމެންގެ ސަރުކާރުން މިހާރު އޮންނާނެ ހެލިކޮޕްޓަރު އޮޕަރޭޝަންސް ފެށުމަށްޓަކައި ކެބިނެޓުން ނިންމަވާފައި އިއުލާންކުރައްވާފައި. އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ސަލާމަތާއި ރާއްކާތެރިކަން ބެލުމަށްޓަކައި މިކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސީއޭގެ ސްޓަޑީއެއް ހެދުމަށްފަހު ސްޓަޑީގައި ބުނާ މިންގަނޑުތަކަށް ކަނޑައެޅިގެން އަޅުގަނޑުމެން މިކަންތައް މި ކުރަނީ، - ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

ވަޒީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މަސައްކަތްތައް ފުރިހަމަކޮށް، އެ ޚިދުމަތް ރާއްޖޭގައި ދޭނެ ފަރާތެއް ހޯދުމަށް ގެޒެޓު ކުރުމުގެ އިތުރުން ބޭރުގެ އެކި ޕްލެޓްފޯމުތަކުގައި އިއުލާންކުރައްވާނެ ކަމަށެވެ.

އަޅުގަނޑަށް މިހާރު އެންމެ ފަހުން ލިބިފައި ހުރި މައުލޫމާތުތައް ގޯސްނުވާ ކަމަށް ވަންޏާމުން، އިރާދަކުރެއްވިއްޔާ މި ހަފުތާ ނިމޭއިރުގައި ނުވަތަ މި އަންނަ ހަފުތާގެ މެދުތެރޭގައި ފިނޭންސް މިނިސްޓްރީން އެކަންތައް ނިންމަވާނެ. ނިންމެވުމާއެކީ އަޅުގަނޑުމެން އާރްއެފްޕީއެއް ސަރުކާރުގެ ގެޒެޓުގައި އާއި ހުރިހާތަނެއްގައި، އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ޝާއިއު ކުރާނަން، - ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

ވަޒީރު ވިދާޅުވީ ރާއްޖޭގައި އެފަދަ ވިޔަފާރީގެ ޙާލަތުއޮތް ގޮތުން، އިއުލާން ކުރުމާއެކު އެ ޚިދުމަތްދެވޭނެ ވަރުގެ ގާބިލުކަން ހުރި ފަރާތްތަކުގެ ހުށަހެޅުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC