
ފަސް މަސް ދުވަހަށް ގޭސް ރައްކާ ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ މަޝްރޫއުއަށް އެލައިޑާއިއެކު ސޮއިކޮށްފި
# މޯލްޑިވް ގޭސް# އެލައިޑް އިންޝުއަރެންސްއެލައިޑް އާއި މޯލްޑިވް ގޭސްއާއި ދެމެދު ސޮއިކުރުން
ރާއްޖޭގެ ގޭސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ މަޝްރޫއުއަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި މޯލްޑިވް ގޭސް އާއި އެލައިޑް އިންޝުއަރެންސާއި ދެމެދު ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން މޯލްޑިވް ގޭސް އިން ބުނީ އެކުންފުނީގެ މައި ޓާރމިނަލް، ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާއިއެކު ވެވުނު އެކްސްޓަރނަލް ފައިނޭންސިންގ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދޭނީ އެލައިޑް އިންޝުއަރެންސުން ކަމަށް ވަނީ ބުނެފައި އެވެ.
މޯލްޑިވްސް ގޭސް އިން އިތުރަށް ބުނީ މި މަޝްރޫއާއިއެކު މިހާރުހުރި ސްަޓޯރަޭޖު (35 ދުވަހަށް ގަަޭސް ރައްކާކުރެވޭ ނިޒާމު) ގާތްގަނޑަކަށް 5 މަސްދުވަހަަށް ބޭނުންވާ ގޭސް ރައްކާކުރުމުގެ ނިޒާމަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.
އެލައިޑާއި މޯލްޑިވް ގޭސްއަކީ ސަރުކާރުގެ ވައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކެކެވެ.
ގުޅުންހުރި

އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ!

އަޔާދީ ތަކާފުލްގެ ޙައްޖު އަދި ޢުމްރާ ތަކާފުލްއިން 50 ޕަސެންޓު ޑިސްކައުންޓު!

މެރިން އެކްސްޕޯގައި އެލައިޑުން ދައްކާލަނީ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ "ރީކްލެއިމްޑް ވޭލް" އެއް!
