logoEN
cocacola
ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

5/27/2024, 2:35:51 PM

# ރީޖަނަލް އެއާޕޯޓްސް

ފަރެސްމާތޮޑާ އެއާޕޯޓްގައި ޓުއަރިޒަމް ޒޯނެއް ތަރައްޤީކުރަން ސޮއިކުރުން

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

ފަރެސްމާތޮޑާ އެއާޕޯޓުގެ ބެލެނެވެރި ފަރާތް ކަމަށްވާ ރީޖަނަލް އެއާޕޯޓްސްއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވާ ލޭންޑް ހޮޓެލްސްއާއި އެވެ. އެގޮތުން މިއަދު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައި އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެމްއޯޔޫ ގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީންއެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން އެމްއޯޔޫ ގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނީ މިއަދު ސޮއިކުރެވުނު އިންވެސްޓްމަންޓް އެމްއޯޔޫގެ ދަށުން އެއާޕޯޓްއާ އިންވެގެން އޮތް ހުސްބިމުގައި 100 ޓުއަރިސްޓް ކޮޓަރި އެކުލެވޭގޮތަށް ސިޓީހޮޓަލްއެއް ތަރައްޤީކުރާނެ ކަމަށެވެ. މި މަޝްރޫއާއި އެކު އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 200 އަށް ވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރުން އެސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގެ ވާހަކަފުޅު ދައްކަވަމުން ރީޖިނަލް އެއާޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވީ މި އިންވެސްޓްމަންޓް އެމްއޯޔޫގައި ވާކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައި ވާނަމަ ތިން މަސްދުވަސް ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމާއި ހަމައަށްދެވި މަޝްރޫއުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އަދި މިގޮތައް އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި މިފަދަ ސިޓީހޮޓަލްތައް އަޅާ ރައްޔަތުންނަށް މިފަދަ އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއް އަމާޒުކަން ފާހަގަކުރައްވައި މުބީން ވިދާޅުވީ މިހާރުވެސް އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްތައް ކައުންސިލް ތަކާ އަދި ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބާރު ސްޕީޑްއެއްގައި ކުރަމުންދާކަމަށެވެ. އެގޮތުން މުބީން ވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ލޭންޑް ރެޖިސްޓްރޭޝަންގެ މަސައްކަތް ފާހަގަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ