
ރީޖަނަލް އެއާޕޯޓްސްއާއި އެމްޕީއެލްއާއި ދެމެދު މުހިންމު އެއްބަސްވުމެއް!
# ރީޖަނަލް އެއާޕޯޓްސް# އެމްޕީއެލް--
ރީޖަނަލް އެއާޕޯޓްސްއާއި މޯލްޑީވްސް ޕޯޓް ލިމިޓެޑާއި ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ސޮއިކުރެވުނު އެއްބަސްވުމަކީ ރީޖަނަލް އެއާޕޯޓްތަކުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކުންފުނީގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި އާރްސީއެލް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން މުބީން ވިދާޅުވީ މިއީ އެއާޕޯޓަކަށް ދިމާވެދާނެ އމެޖެންސީ ހާލަތެއްގައި އެތަނެއްގެ އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުންކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން ހޯދަން ހެދި އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުން އެކުލަވާލީ، އެމަޖެންސީ ހާލަތެއްގައި ވެސް، އާއްމުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތަށް ބުރޫނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހި ކުރަން ކަމަށް މުބީން ވިދާޅުވިއެވެ.
އާރުއޭސީއޭލްއިން އިންޓަނޭޝަނަލް އެއާޕޯޓަކާއި ހަ ޑޮމެސްޓިކް އެއާޕޯޓް ހިންގަ އެވެ.
ގުޅުންހުރި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

އެމް.ޕީ.އެލް އިން ރަސްފަންނުގައި ހަދާފައިވާ ފާޚާނާބަރި މިނިސްޓްރީ އާ ހަވާލުކޮށްފި
.jpeg&w=3840&q=75)
މާލެ ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި




