
އަޟްހާ އީދުގައި ތިނަދޫގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# އަޟްހާ އީދު# ހުވަދޫ ރެކްރިއޭޝަންތިނަދޫ ސިޓީ
މިއަހަރުގެ އަޟްހާ އީދުގައި ތިނަދޫ ސިޓީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.

ތިނަދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށްޓަކައި ކުޅިވަރު މުބާރާތްތަކެއް ކުރިޔަށް ގެންދިޔުމަށް ތިނަދޫ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ތިނަދޫ ރެކްރިއޭޝަން އާއި އެވެ.
އެގޮތުން އީދުގައި ކުރިޔަށް ގެންދިޔުމަށް ހުވަދޫ ރެކްރިއޭޝަނުން ނިންމާފައިވާ ކުޅިވަރުތަކަކީ މަސްރޭހާއި ވާދެމުމުގެ މުބާރާތުގެ އިތުރުން ފައިގެތަޅާ މުބާރާތެކެވެ. ވާދެމުމުގެ މުބާރާތާއި ފައިގެ ތަޅާ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ ދެ ޖިންސަށް ވަކިންނެވެ. އަދި މަސް ރޭސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ޖިންސު އެއްކޮށެވެ.
ހުވަދޫ ރެކްރިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަޝްހާ އީދާއި ގުޅިގެން ތިނަދޫ ސިޓީ ކައުންސިލާއި ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މުބާރާތްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޓީމްތައް ރަޖިސްޓްރީ ކުރުމަސާއި އިތުރު މައުލޫމާތު ހޯދުމަށް 9991210 އަށް ގުޅުއްވުމަށް ވަނީ އެދިފައި އެވެ.
މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ 18:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް ހުވަދޫ ރެކްރިއޭޝަނުން ވަނީ އެދިފައި އެވެ.
ގުޅުންހުރި

ހުޅުވިތާ ދެދުވަސް ނުވަނީސް ތިނަދޫ ސާފް ހަޓަށް ބަޔަކު ގެއްލުންދީފި, މައްސަލަ ފުލުހަށް!

ތިނަދޫ ސިޓީ ކައުންސިލް އޮފީސްތަކުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ދޫކޮށްލަން ޖެހޭ - އީދު ހުތުބާ
