
އީދު ކުޅިވަރު
١٤٤٥ ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅައިފި އެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިން މިއަދު ގެަޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެ ވުޒާރާއިން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ރާއްޖޭގެ މެދުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކަމަށެވެ.
މިއަހަރަކީ ރާއްޖޭގައި އީދު ގައުމީ ފެންވަރެއްގައި ފާހަގަކުރާ ފުރަތަމަ އަހަރެވެ.
އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިދިޔަ މަހުގެ 25 ވަނަ ހުޅުވާލުމާއި އެކު ފުރުސަތު ހަމަވިއިރު 26 ވަނީ ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަމަހުގެ 17 ވަނަ ދުވަހެވެ.
ގުޅުންހުރި

އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ދޫކޮށްލަން ޖެހޭ - އީދު ހުތުބާ

މާލޭ ސަރަހައްދުގެ 6 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

އަޟްހާ އީދުގައި ތިނަދޫގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
