logoEN
cocacola
އެންމެ ފަހުގެ ޗެންޕިއަން ސިޓީ ބަލިކޮށް ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބުކޮށްފި

އެންމެ ފަހުގެ ޗެންޕިއަން ސިޓީ ބަލިކޮށް ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

5/25/2024, 4:27:31 PM

# އިގިރޭސި ޕްރިމިއާ ލީގް# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް "އިގިރޭސި އެފްއޭ ކަޕް" ގެ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ 2-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.

ގޮސިޔާ

އިގިރޭސި ވިލާތުގެ ވެރިރަށް ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްޖެންޑްރޯ ގަނާޗޯއެވެ.

މިއީ ސިޓީގެ ފަހަތުން އެޓީމުގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި މުޅިން ހުސްކޮށްހުރެ ގޯލުގެތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ނުވަ މިނެޓުފަހުން އެޓީމު ޒުވާން މިޑްފިލްޑަރު ކޮބީ މައިނޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިލަނޑަކީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައިޒއިވެގެންނެވެ.

މެޗުގެ ދެވަނަ ހަފުގައި މެންޗެސްޓާ ސިޓީއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ހަމަލާތައް ޔުނައިޓެޑުގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މެންޗެސްޓާ ސިޓީއިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމު ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ އެވެ. މިއީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ވަރަށް ފަސޭހަކަމާއެކު ނައްޓާލުމަށްފަހު ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައިީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިއީ މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ޗެންޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ. އަދި މީގެ އިތުރުން މިއީ 2015/16 ވަނަ ސީޒަނުގައި އެފްއޭކަޕް ކާމިޔަބުކުރި ފަހުން އެޓީމުން މިމުުބާރާތް ކާމިޔަބުކުރި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ