
ޑީއެމްޑީ ބައްސާމް
ރާއްޖޭ މާކެޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން, އެމްއެމްޕީއާރްސީގެ ހިންގުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ބައްސާމް އާދަމް އާއި ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ޕީސީބީއިން މިއަދު ބުނީ އެމް.އެމް.ޕީ.ީ.އާރު.ސީ ގެ ހިންގުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ބައްސާމު އާދަމް އާއި މިއަދުންފެށިގެން ވަގުތީގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ.
މިނިންމުން ނިންމާފައިމިވަނީ އިއްޔެގެ ވަގުތެއްގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މާމުގައި ހުންނެވީ ފާތިމަތު ތައުފީގް ( ކުޑީ ) އެމަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.
ކޫޑީ މަގާމުން ވަކިކުރި އިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްއެމްޕީއާރްސީގެ ޗެއާޕާަސަން އައިޝާ ނޫރައިން ޖަނާހް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.
ވަގުތީ ގޮތުން އެކުންފުނި ހަވާލުކޮށްފައިވާ ބައްސާމް އާދަމް އެ ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅިގެން އެމްއެމްޕީއާރްސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައެއް ނުވާ ކަމަށެވެ.
އެހެންނަމަވެސް، އެ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު އެ ކުންފުނިން ބުނެފައިވެއެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބުނެފައި ވެއެވެ.
ނަމަވެސް އެމައްސަލައާއި ގުޅިގެން އެމްއެމްޕީއާރްސީއިން ފަހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަން އެމްއެމްޕީއާރްސީއިން އެމެރޭޓްސް އާއި ގަތަރު އެއާވޭސްއާއި އެކު އެއްބަސްވެމެއް!

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި
