
--
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން ބާއްވާ "ވިޒިޓް މޯލްޑިވްސް ހެކަތޯން" ރަސްމީކޮށް ފަށައިފި އެވެ.

މި ހެކަތޯން ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް އެެ.
މި ހެކަތޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއަށް ބިނާކޮށް އައު ހައްލުތަކެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގައި އުފެއްދުންތެރި ޚިޔާލުތައް ހުރި ފަރާތްތަކަށް ބައިވެރިވެ، އެ ފަރާތްތަކުގެ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ހެކަތޯން ފެށުމަށް ބޭއްވި މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ހެކަތޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް އުއްމީދުކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ކަހަލަ މުބާރާތްތަކުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކުގެ ޚިޔާލުތައް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފަރާތުން މި ހެކަތޯނާ ގުޅޭ ގޮތުން މަޢުލޫމާތު ދެމުން ބުނީ، މި މުބާރާތުގައި ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން، އެ ފަރާތްތަކުގެ އައިޑިއާތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ޓެކްނޮލޮޖީތަކެއް ތަޢާރަފުވެ، ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ހެކަތޯނުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
ގުޅުންހުރި

އެމްއެމްޕީއާރްސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމަށް ބަދަލުކޮށްފި

އެމްއެމްޕީއާރްސީގެ ބަސް: މާލީ ހާލަތު ގޯސްކުރީ " ކުރީ ސަރުކާރުން"!

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެމްބެސެޑަރުކަން ކެޓްރީނާއަށް!
