logoEN
cocacola
ގައްދޫ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގަމުގައި ޝިފްރެކް ޕޮއިންޓެއް ހަދައިފި

ގައްދޫ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގަމުގައި ޝިފްރެކް ޕޮއިންޓެއް ހަދައިފި

އަހުމަދު ޝުރާއު

logo

5/23/2024, 11:15:09 AM

# ގައްދޫ ކައުންސިލް

ްގަމުގައި ހެދި ޝިކްރެކް

ގދ ގަމުގެ ފަޅުތެރޭގައި ގައްދޫ ކައުންސިލުން ޓުއަރިސްޓް އެޓްރެކްޝަނެއް ޤާއިމްކޮށްފި އެވެ.

ގޮސިޔާ

ގައްދޫ ކައުންސިލުން މިއަދު. ބުނީ ގދ. ގަން، ގައްދޫގެ އިޚްތިޞާސްގެ ދަށަށް އައުމާއި ގުޅިގެން، މި ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގަމުގެ ފަޅުތެރޭގައި ގައްދޫ ކައުންސިލުން ޓުއަރިސްޓް އެޓްރެކްޝަނެއް ގާއިމްކޮށްފައިވާ ކަމަށެވެ.

ގަމުގެ ފަޅުތެރޭގައި ގާއިމްކުރި ޝިޕްވްރެކްއަކީ ގައްދޫ ފަޅުތެރޭގައި 2018 ވަނަ އަހަރުން ފެށިގެން އޮތް ބޯޓު ގަމު ފަޅުތެރެއަށް ބަދަލުކޮށްގެން ގާއިމްކުރި ޝިޕްރެކެކެވެ. އެ ޝިޕްރެކަށް ދީފައިވާ ނަމަކީ " ގަން މުލަ -ގައްދޫ ޝިޕްރެކް " އެވެ.

މި ޝިޕްރެކްގައި ހިމެނޭ ބޯޓަކީ 2018 ވަނަ އަހަރު ހުވަދޫކަނޑު ތިލައިގެ ހުޅަނގު ބޭރުން ގައްދޫގެ މަސްވެރި ދޯންޏަކަށް ފެނިފައިވާ ސްރީލަންކާގެ އުޅަނދެކެވެ. މި ބޯޓު ގައްދޫގެ މަސްވެރިންނަށް ފެނުމާއި ގުޅިގެން ގައްދޫ އަށް ގެނެސް ގައްދޫ ފުލުހާއި ހަވާލުކޮށްފައި އޮތުމަށްފަހު، ގައްދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2022 ވަނަ އަހަރު އެވެ. މި ބޯޓު ކައުންސިލާއި ހަވާލުކުރިއިރު ބޯޓު އޮތީ ވީރަނާވެ، ބޯޓުގެ އެއްބައި ގައްދޫ ފަޅުތެރެއަށް ފެތިފައެވެ.

ބޯޓު ގައްދޫ ފަޅު ތެރޭ ގިނަ އަހަރު ތަކަކަށް އޮތުމަށްފަހު މިއަދުގެ ވަގުތެއްގައި ގދ. ގަމުގެ ފަޅުތެރެއަށް ބަދަލުކޮށްފައި ވާއިރު، ބޯޓު ގަމުގެ ފަޅުތެރެއަށް ބަދަލުކުރުމުގެ މައިގަނޑު އަމާޒަކީ ލޯކަލް ޓޫއަރިޒަމްގެ މަންޒިލަކަށް މި ސަރަޙައްދު ހަދައި ސަރަޙައްދުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުން ކަމަށް ގައްދޫ ކައުންސިލުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ