logoEN
cocacola
ކުލަގަދަ ރަސްމިއްޔާތަކާއެކު އަލްޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖު ފަށައިފި

ކުލަގަދަ ރަސްމިއްޔާތަކާއެކު އަލްޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖު ފަށައިފި

# އަލްޝާލީ މެރިން މޯލްޑިވްސް# ގދ.ގައްދޫ# ގައްދޫ ކައުންސިލް

GMG_2264

ކުލަގަދަ ރަސްމިއްޔާތަކާއެކު އަލްޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް މުބާރާތް 2023 މިއަދު ފަށައިފި އެވެ.

ގޮސިޔާ

ގައްދޫ ފުޓްސަލް ދަނޑުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަރުހަބާ ލަވައެއްގެ ފުރިހަމަ ހުށަހަޅުމަކާއެކުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އަލްޝާލީ މެރިން މޯލްޑިވްސް އެޗްއާރު އެގްޒެކުޓިވް ޒައްމަތު ޒާހިރު އެވެ. މި ރަސްމިއްޔާތުގައި އަޔާޑާ މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން ގައްދޫގެ އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މުބާރާތުގައި، ފިރިހެން ޑިވިޝަނުގައި 7 ޓީމެއް، އަންހެން ޑިވިޝަނުގައި 4 ޓީމެއް، ޖޫނިއާ ޑިވިޝަންގައި 4 ޓީމެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ފެށީ މެންސް ޑިވިޝަންގެ އެންދެޓާ އެފްސީއާއި ކްލަބް ގަސްދޮށު ބައްދަލުކުރާ މެޗުންނެވެ.

މިއީ ހުވަދުއަތޮޅުގެ ރައްޔިތުންނާއި ގައްދޫ ރައްޔިތުންނާއި ދެމެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި ޢާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ގައްދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ގައްދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ފުޓްސަލް ޗެލެންޖަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ މިދިޔައަހަރަށްވުރެ ފުރިހަމަކަމާއެކު ކަމަށް ގައްދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ