
އިސްރާއީލުގެ އަމަލުތަކުން ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ވަނީ ނުރައްކާވެފައި - އިހްސާން
# މިނިސްޓަރ އިހްސާންމިނިސްޓަރ އިހްސާން
އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅި، ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ޤަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިޔުރިޓީ ފޯރަމްގައި އިއްޔެ ދެއްވި ތަގުރީރެއްގައި އެވެ.
މިނިސްޓަރ ވަނީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވުމާއި ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރާ ގައުމެއްކަމަށްވުމުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ހިނދެއްގައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ދިވެހިން ދެމިތިބޭނެކަން ހާމަކުރައްވާފައި އެވެ.
"އިސްރާޢީލުންނަށް ޙައްޤު އެހެން ތަނަކުން އާބާދުވުމަށް ބިމެއް ހޯދުމަށް ގޮވާލަން. ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުން އިސްރާޢީލުން ފަލަސްތީނުގެ ބިން ހިސާރުކުރުމަށް ފުރުޞަތުދީގެން ނުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަބަދުވެސް އަމާންކަމާއި އިންސާފު ޤާއިމުކުރުމުގެ މަސައްކަތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގެ އަސަރު ކުރަނީ ހަމައެކަނި މެދުއިރުމައްޗަށް ނޫންކަމަށާއި މުޅިދުނިޔެއަށްވެސް އޭގެ އަސަރުކުރާކަމަށް ވިދާޅުވިއެވެ. އެގޮތުން އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގެސަބަބުން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅި، ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަޖެހުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައި މިނިސްޓަރ ވިދާޅުވީ ހަމަނުޖެހުމުގެ އަސަރު ބައިނަލްއަގުވާމީ އިގްތިސާދަށް ކުރާކަމަށާއި އޭގެ ސީދާ އަސަރު ދިވެހިރާއްޖޭގެ އިގްތިސާދަށާއި ދިވެހިންނަށް ކުރަމުންދާކަމަށެވެ.
ޔަހޫދީން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު މިހާތަނަށް ޣައްޒާއާއި ހުޅަނގު އައްސޭރީން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 36,200 އަށްވުރެ މައްޗަށް އަރާފައި އެވެ. ޔަހޫދީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން ދުނިޔޭގެ ޖިނާއީ ކޯޓަށް ވަނީ އިޒްރޭލުގެ ޖައްބާރު ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށްވެސް އެދިފައި އެވެ. އަދި އެކަމަށް ރާއްޖެއިން ވަނީ މަރުހަބާވެސް ކިޔާފައި އެވެ.
ގުޅުންހުރި

އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ: އިހްސާން
-1730097172741.webp&w=3840&q=75)
ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް: އިޙްސާން
