ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް ޗައިނާ ސަރުކާރާއެކު ސޮއިކޮށްފި
އަހުމަދު ޝުރާއު
5/22/2024, 11:15:54 AM
ޗައިނާ ސަރުކާރާއި އެކު ސޮއިކުރުން
ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއި އެކު މިއަދު ސޮއިކޮށްފި އެވެ.
ބިނާޒާބެހޭ ވުޒާރާއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް 10 ޖަނަވަރީ 2024 ގައި ސޮއިކުރެވުނު ފަހުނާމާއާ ގުޅިގެން މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް މިއަދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި ލެޓަރ އޮފް އެކްސްޗޭންޖްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މެޑަމް ވަންގ ލިޒިން އެވެ.
އެޒުވާރާއިން ބުނޯ މި މަރުހަލާގައި, ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ރާއްޖެ ޒިޔާރަތްކޮށް މަޝްރޫޢުއާބެހޭ ޓެކްނިކަލް ތަފްސީލްތައް ދެނެގަނެ މި މަސައްކަތުގެ ޓެންޑަރ މަރުހަލާއަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރެވިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޙަލީލް އާއި އައިޖީއެމްއެޗްގެ ސ.ީއ.ީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.