އެމްއެމްޕީއާރްސީ އެމްޑީކަމުން ވަކިކުރި ކުޑީ
ރާއްޖެ މާކެޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން, އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.
އެމްޑީކަމުން ކުޑީ ވަކިކުރިކަން ދާދި ދެންމެ އަކު އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ވަނީ ކަށަވަރުކޮށްދީފައި އެވެ.
ކުޑީ މަގާމުން ވަކިކުރި އިރު ރޭގެ ވަގުތެއްގައި އެކުންފުނީގެ ޗެއާޕަސަން އައިޝާ ނޫރައިން ޖަނާހް ވަނީ އިސްތިއުފާދެއްވާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫރައިން މަގާމުން އިސްތިއުފާ ދެއްވީ ކުންފުނިތެރޭގައި އުފެދުނު ބައެއް މައްސަލަތަކެއްގެ ސަބަބުންނެވެ.
ބައެއް މީޑިއާތަކަށް ނޫރައިންގެ އިސްތިއުފާގެ ސިޓީ ލިބިފައިވާއިރު އެނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ނޫރައިން ވަނީ އެމްއެމްޕީއާރްސީގެ މެނޭޖެންމެންޓަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައި އެވެ.
އޭގެ ތެރޭގައި:
- ސީއެފްއޯއަށް ނޭނގި ބައެއް ހަރަދުތައް ކުރުން
- ބިޑް ނުކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ގިނަ ކަންކަން ކުރުން
- ބަޖެޓުން ފާސްކުރި ގޮތާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ހަރަދު ކުރުން
- ދަތުރު ކުރުމުގައި ބެލުމެއް ނެތުން
- އިވެންޓު ބާއްވަން އޮންނަ ފަހު ވަގުތު ބޮޑު އަގުގައި ހަރަދުތައް ކުރުން
- ބޯޑުން ދޭ ލަފާތަކާ ހިލާފަށް އަމަލު ކުރުން
ބެލެވޭ ގޮތުގައި އެމްޑީކަމުން ކުޑީ ވަކިކުރީ މި މައްސަލައާއި ގުޅިގެންނެވެ.
އިތުރު ތަފްސީލް އަންނަނީ ..