
ސްޓެލްކޯގެ މުވައްޒަފުން ދެއްކީ ހިތްވަރު: ސަލާމަތްކުރީ ކޮޅިގަނޑެއްގައި ޖެހި އެއްގަމަށް ނާދެވިފައިތިބި ކުދިންތަކެއް!
# ސްޓެލްކޯ# ވިއްސާރަސްޓެލްކޯގެ މުަވައްޒަފުން، ކަނޑުވެފައިތިބި ކުދިންތައް ސަލާމަތްކުރަނީ
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އއ. ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހި، މޫދުގައި ތިބި ކުދިންތަކަކަށް އެއްގަމަށް ނާދެވިފައިތިއްބާ ސްޓެލްކޯގެ މުވައްޒަފުންތަކެއް އެ ކުދިން ސަލާމަތްކޮށްފިއެވެ.

ސްޓެލްކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހަވީރު މޫސުން ގޯސްވެ، ކޮޅިގަނޑެއްގައި ޖެހި އެއްގަމަށް ނާދެވިފައިތިބި ކުދިންތަކަކަށް އެ ކުންފުނީގެ މުވައްޒަފުން އެހީތެރިވެފައިވާ ކަމަށެވެ.
އަދި ވިއްސާރައިގެ ސަބަބުން ތޮއްޑޫގެ ބައެއް ގެތަކުގެ ފުރާޅަށް، ގަސްގަހުގެ ބައިތައް ވެރުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތްކުރުމަށް ވެސް އެ ކުންފުނީގެ މުވައްޒަފުން އެހީތެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
"މި ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި،" އެކުންފުނިން ބުންޏެވެ.
ގުޅުންހުރި

ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސްޓެލްކޯއިން އަމަލީ މަސައްކަތް ފަށައިފި
.jpeg&w=3840&q=75)
އިންޑަސްޓްރީގެ ބޭނުންތަކާ އެއްގޮތަށް މީހުން ބިނާކުރުމަކީ މުހިންމު ކަމެއް - ޒޫޝާން

މުވައްޒަފުންނަށް ކުރެވޭ އިންވެސްޓަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް - ސްޓެލްކޯގެ އެމްޑީ




