.jpg&w=3840&q=75)
ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ގަދަ ކޮޅިގަޑެއްގައި ޖެހި އެފްލައިޓުން ދަތުރުކުރި ޕަސެންޖަރެއް މަރުވުން!
އިނގިރޭސިވިލާތުން ސިންގަޕޫރަށް ދަތުރުރަމުން ދިޔަ ސިންގަޕޯރ އެއާލައިންސްގެ މަތިންދާބޯޓެއް ގަދަ ކޮޅިގަޑެއްގައި ޖެހި ހިނގި ހާދިސާގައި މަރުވީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސިންގަޕޯރ އެއާލައިންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ބޯޓު މޫސުން ގޯސްވެ މާ ބޮޑަށް ތެޅުވުމުގެ ސަބަބުން އެކަކު މަރުވެ އެތައްބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. ބޮއިންގް 777-300 އީއާރް ގެ މި ބޯޓު އެމަޖެންސީ ހާލަތުގައި ޖެއްސީ ތައިލެންޑުގެ ބެންކޮކަށެވެ.
އިނގިރޭސި މީޑިއާއެއް ކަމަށްވާ ސްކައި ނިއުސްއިން މިރޭ ބުނީ މި ހާދިސާގައި މަރުވީ އިނގިރޭސިލާތަށް ނިސްބަތްވާ 73 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެގޮތުން އެމީހާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އިތުރު ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ސިންގަޕޯރ އެއާލައިންސްއިން ނެރުނު ބަޔާނެއްގައި ބުނީ މިހާދިސާގައި 30 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށެވެ.
ސިންގަޕޯރ އެއާލައިނުން ބުނީ ތައިލެންޑުގެ ލޯކަލް އޮތޯރިޓީތަކާ ގުޅިގެން ބޯޓުގައި ތިބި ޕަސެންޖަރުންނާއި ކްރޫއިންނަށް ބޭނުންވާ ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބެންކޮކަށް ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބޯޓު ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔައީ 211 ޕަސެންޖަރުންނާއި 18 ކްރޫއިންނާއި އެކުގައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ސިންގަޕޫރު އެއާލައިންސް ފްލައިޓު ހާދިސާ: މަރުވީ 73 އަހަރުގެ އިނގިރޭސި ރައްޔިތެއް!

ގަދަ ކޮޅިގަޑެއްގައި ޖެހި ސިންގަޕޯރ އެއާލައިންސްއިން ދަތުރުކުރި ޕަސެންޖަރެއް މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ

20 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސިންގަޕޫރަށް އައު ބޮޑުވަޒީރެއް!
