
ގަދަ ކޮޅިގަޑެއްގައި ޖެހި ސިންގަޕޯރ އެއާލައިންސްއިން ދަތުރުކުރި ޕަސެންޖަރެއް މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ
# ސިންގަޕޫރުލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަމުން ދަނިކޮށް ކޮޅިގަނޑުގައި ޖެހި މީހަކު މަރުވި ފްލައިޓް ބެންކޮކުގައި
ސިންގަޕޫރަށް ދަތުރުރަމުން ދިޔަ ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ގަދަ ކޮޅިގަޑެއްގައި ޖެހި އެފްލައިޓުން ދަތުރުކުރި ޕަސެންޖަރެއް މަރުވެއްޖެ އެވެ.

ސިންގަޕޯރ އެއާލައިންސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ބޯޓު މޫސުން ގޯސްވެ މާ ބޮޑަށް ތެޅުވުމުގެ ސަބަބުން އެކަކު މަރުވެ އެތައްބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
ބޮއިންގް 777-300 އީއާރް ގެ މި ބޯޓު ވަނީ މިހާރު ތައިލެންޑުގެ ބެންކޮކަށް އެމެޖެންސީ ހާލަތުގައި ޖައްސާފައި އެވެ.
ސިންގަޕޯރ އެއާލައިނުން ބުނީ ތައިލެންޑުގެ ލޯކަލް އޮތޯރިޓީތަކާ ގުޅިގެން ބޯޓުގައި ތިބި ޕަސެންޖަރުންނާއި ކްރޫއިންނަށް ބޭނުންވާ ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބެންކޮކަށް ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިންގަޕޫރު އެއާލައިންސް އިން އަނިޔާވީ ކިތައް މީހުންނަށް ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް ތައިލެންޑުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ 30 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
މި ބޯޓު ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔައީ 211 ޕަސެންޖަރުންނާއި 18 ކްރޫއިންނާއި އެކުގައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި
.jpg&w=3840&q=75)
ސިންގަޕޫރު އެއާލައިންސް ފްލައިޓު ހާދިސާ: މަރުވީ 73 އަހަރުގެ އިނގިރޭސި ރައްޔިތެއް!

ގަދަ ކޮޅިގަޑެއްގައި ޖެހި ސިންގަޕޯރ އެއާލައިންސްއިން ދަތުރުކުރި ޕަސެންޖަރެއް މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ

20 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސިންގަޕޫރަށް އައު ބޮޑުވަޒީރެއް!
