.jpg&w=3840&q=75)
ސައުތު އޭޝިއަން ޖޫނިއާ ޓީޓީ ޗެންޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޖަޒީ ހަވާލުކޮށްފި
# ޓޭބަލް ޓެނިސް# ދިވެހި ކުލިވަރުޒުވާން ގައުމީ ޓީމައި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސައުތު އޭޝިޔަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންނާ ޖަރޒީ ހަވާލުކޮށްފި އެވެ.

މަހުގެ 26 ން 29 އަށް ސްރީލަންކާގެ ކެންޑީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ދާދިފަހުން އޮލިމްޕިކްސް އަށް ކޮލިފައިވި އުމުރުން 16 އަހަރުގެ ފާތިމަތު ދީމާ އަލީ ވެސް ވަނީ ހިމަބާފައެވެ.
މީގެ އިތުރުން މިމުބާރާތުގައި ރާއްޖެއިން ދެ އުމުރުފުރައެއްގައި އަންހެން އަދި ފިރިހެން ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ 14 އަހަރުން ދަށާއި 19 އަހަރުން ދަށުގައެވެ. އަދި މުބާރާތަށްފަހު 30 ވަނަ ދުވަހު އެނބުރި އައިސް، އޮލިމްޕިކްސްގެ ކުރިން އިތުރު ތަމްރީނު ހޯދުމަށް ދީމާ ކްރޮއޭޝިޔާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދެއްވިއެވެ.
މިއަހަރުގެ ޖުލައި މަހު ފްރާންސްގައި ފަށާ އޮލިމްޕިކްސްއާ ހަމައަށް ދީމާގެ ތަމްރީނުތައް ކުރިއަށްދާއިރު، އެމުއްދަތުގެ ތެރޭގައި ބައެއް ކުދިކުދި މުބާރަތްތަކުގައި ވެސް ދީމާ ވާދަކުރާނެ އެވެ.
ގުޅުންހުރި

ޒައިރޯ އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ފުލިދޫ މުބާރާތުން ކަޓައިފި

ވާދަވެރި ކުޅުމަކަށްފަހު އައުޓްލޯ ކިންގްސް ބަލިކޮށް އުތުރުކޮޑާއިން ފެށުން ރަނގަޅުކޮށްފި

8 ޓީމާއެކު ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
