
ހުޅަނގު އައްސޭރީގެ ޖެނިންގައި ޔަހޫދީން ބަޑިޖަހައި 7 މީހަކު ޝަހީދުކޮށްލައިފި, ސްކޫލުކުއްޖަކުވެސް ހިމެނޭ!
# ފަލަސްތީން - އިސްރާއިލްހުޅަނގު އައްސޭރީގައި ޔަހޫދީ ފުލުހުން ހިންގަމުން އަންނަ ކަމަށް ބުނާ " އޮޕަރޭޝަން" ގައި ފަލަސްތީނުގެ 7 މީހަކު ޝަހީދުކޮށްލައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއީ ޖެނިން އަވަށުގައި ޔަހޫދީ ބާރުތަކުން މިފަހަކުން ދިން ރަހުމުކުޑަ އެއް ހަމަލާއެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 7 އަށް އަރާފައިވާއިރު ނުވަ މީހަކަށް އަނިޔާވެ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ސްކޫލު ކުއްޖަކާއި , ޓީޗަރެއްގެ އިތުރުން ޑޮކްޓަރަކުވެސް ހިމެނެއެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލާދީ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޒަހަމްވި މީހުންނާއި ހަމައަށް ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ދިއުމަށް ހުރަސް އަޅަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ...
ގުޅުންހުރި

އައިސީސީ އިން ނިރުބަވެރި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!

އިޒްރޭލުގެ ނިރުބަވެރި ހަމަލާއެއް އަނެއްކާވެސް ޣައްޒާއަށް, މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް ބެލެވޭ - ރިޕޯޓް
