logoEN
cocacola
ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!

އަހުމަދު ޝުރާއު

logo

11/14/2024, 6:29:15 PM

# ފަލަސްތީން - އިސްރާއިލް

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް ވައްދައިފި އެވެ.

ގޮސިޔާ

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ އާދީއްތަ ދުވަހު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް, ނެސެޓްގައި މަޝްވަރާ ފަލަސްތީނުގެ ދިދަ "ދައުލަތުގެ ހަރަދުގައި ނުވަތަ އެހީތެރިވެދޭ މުއައްސަސާތަކުގައި" އުފުލުން މަނާކުރާ ބިލަކަށް ބަހުސް ކުރުމަށް ވަނީ ތައްޔާރުވެފައި އެވެ.

ނެސެޓްގެ މިނިސްޓީރިއަލް ކޮމިޓީ ފޮރ ލެޖިސްލޭޝަންއަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގައި ފަލަސްތީނުގެ ދިދައަކީ "ދުޝްމަނުންގެ ދިދައެއް" ކަމަށް ސިފަކޮށްފައިވާއިރު ،ފަލަސްތީނުގެ ދިދަތައް އުފުލާ ކޮންމެ އެއްވުމެއް ރޫޅާލައި، އެންއައިއެސް 10،000 [2،674 ޑޮލަރަށް] އަށްވުރެ މަދު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކަށް ދެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ވަނީ ނިންމާފައި އެވެ.

މިފަދަ ބިލެއް ނެސެޓަށް ހުށަހަޅަން ނިންމާފައިވަނީ ޖައްބާރު އަނިޔާވެރި ބެންޖަމިން ނަތަންޔާހޫގެ އަރިސް މީހުން ކަމަށާއި މިއީ އިޒްރޭލުގެ ޔުނިވާސިޓީ ފަދަ ދައުލަތުގެ މުއައްސަސާތަކުގައި މިހާރު އިޒްރޭލާއި ދެކޮޅަށް ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިން ފަލަސްތީނުގެ ދިދަ ބޭނުންކޮށްގެން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާތީ ކަމަށް ވެސް އިޒްރޭލުގެ ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ