logoEN
cocacola

ޑީއެސްސީ އާއި ހޯކެޓްސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

7ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިރޭ ހޯކެޓްސް ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗު 20-24 ގެ ނަތީޖާއަކުން މޮޅުވެ ހޯކެޓްސް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 8-14 ގެ ނަތީޖާއަކުން ހޯކެޓްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޑީއެސްސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން 12 ލަނޑު ކާމިޔާބުކުރިއިރު، ހޯކެޓްސް އަށް ދެވަނަ ހާފުގައި ކާމިޔާބު ކުރެވުނީ 10 ލަނޑެވެ.

މިމެޗުގައި ހޯކެޓްސްގެ ފާތުމަތު ލީމް ރިޝާދު ނުވަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަރިޔަމް އިޝްފާ އަބްދުލް އަލީމް އަދި މަރިޔަމް ޔާނާ ނާސިހް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ފަސް ލަނޑު ކާމިޔާބުކޮފައެވެ. މީގެ އިތުރުން އެޓީމުގެ އާމިނަތު ސަދާ އިބްރާހިމް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މަރިޔަމް މާހާ ސުހައިލް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ދިވެހި ސިފައިން ކުލަބުގެ މައީޝާ އަބްދުލް ހަންނާނު 10 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހައްވާ މިލްހާނާ މުހައްމަދު މާހިރު ހަތަރު ލަނޑު އަދި ފާތުމަތު އަފްޒާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ފާތުމަތު ޝަހުމާ، އައިޝަތު އުލާ، ޝަހުފާ ޝިއުތް، އައިޝަތު ޝާލީ އަދި ފަތުމަތު ފަޒުރާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯކެޓްސްގެ ފާތުމަތު ލީމް ރިޝާދު އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ އެވެ. އަދި ސެމީ ފައިނަލް ދެމެޗު ޖޫން ދެވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވައިރު، ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ