
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
# އެކޮނޮމިކް މިނިސްޓްރީމިނިސްޓަރ އިނގިރޭސިވިލާތުގައި
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިހާރު އިނގިރޭސިވިލާތައް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް, ގްރެގް ހޭންޑްސްއާއި އެކު ބޭއްވި މަޝްވަރާބައްލުވުމުގައި އެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. މީގެ އިތުރުން މާލީ ޚިދުމަތުގެ ސިނާއަތް ކުރިއެރުވުމަށާއި އެފްޓީއޭގެ ދާއިރާ ފުޅާކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދެވުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އެ ގައުމުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް އެކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.
މި ދަތުރުފުޅުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ބެހޭގޮތުން އެގައުމުގެ އިސްއޮފިޝަލުންނާއި މަަޝްވަރާކުރުމަށް ވަނީ ހަަމަޖެހިފައި އެވެ. އެގޮތުން އިނގިރޭސިވިލާތުގެ މާލީ ހިދުމަތްދޭ ކުންފުނިތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކޮށް, ގާނޫނީ އޮނިގަނޑު ޒަމާނީ ކުރުމުގެ އިތުރުން މާލީ ދާއިރާގެ އިންފްރަންސްޓްރަކްޗާގެ އިތުރުުން ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަނަންސް، ސްޓްރެޓެޖީ އެންޑް އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުން ހިމެނޭ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ޕޭޕަލް ރާއްޖެ ގެނެވޭގޮތް ވުމަކީ އީޖާދީ ޑިޖިޓަލް މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް!
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި
