logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން ބޮންތި ބަލިކޮށް ކީންސް ސްޕޯޓްސް ކުލަބުން މުބާރާތް ފެށީ އިތުބާރާއެކު

ތަފާތުބޮޑު ނަތީޖާއަކުން ބޮންތި ބަލިކޮށް ކީންސް ސްޕޯޓްސް ކުލަބުން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

5/15/2024, 4:13:18 PM

# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ދިވެހި ކުލިވަރު# ހޭންޑްބޯޅަ

ކީންސް ސްޕޯޓްސް ކުލަބާއި ބޮންތި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިރޭ ކީން ސްޕޯޓްސް ކުލަބާއި ބޮންތި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 53-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ކީން ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 26-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ކީން ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 27 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ބޮންތިއަށް ކާމިޔާބު ކުރެވުނީ އެންމެ ދެލަނޑެވެ.

އެގޮތުން މިމެޗުގައި ކީން ސްޕޯޓްސް ކުލަބުގެ ޚަދީޖާ އަހުމަދު 14 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފާތުމަތު ރިސްމާ އަދި އައިޝަތު އާނާ ފަތުހުﷲ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ހައްވާ ސުލައިމާން އަދި ޝީޒާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއެއް އަށް ލަނޑު ކާމިޔާބުކުރިއިރު، އައިޝަތު އިނާޝާ މުހައްމަދު އަދި ހައްވާ މުޝީރާ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު މައިހާ މުނާޒު އެވެ.

މީގެއިތުރުން މިމެޗުގައި ބޮންތި ސްޕޯޓްސް ކުލަބުގެ މަރިޔަމް މައަލް އަލީ ދެލަނޑު ކާމިޔާބުކުރިއިރު، މަރިޔަމް ލީން ލުތުފީ، ސިއްތި ސަމީނާ، އާމިނަތު ރަފާހަތު، މަރިޔަމް އައިރީން އަހުމަދުގެ އިތުރުން ފާތިމަތު ރިޔޫޒް ޝަރީފް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކީން ސްޕޯޓްސް ކުލަބުގެ ޚަދީޖާ އަހުމަދު އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ އެވެ. އަދި ސެމީ ފައިނަލް ދެމެޗު ޖޫން ދެވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވައިރު، ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ