
އިންޑިއާގެ މުމްބާއީގައި ބޮޑު ބިލްބޯޑެއް ވެއްޓުން
އިންޑިއާގެ މާލީ ވެރިރަށް މުމްބާއީއަށް މޫސުން ގޯސްވެ ބޮޑު ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބިޔަ ބޮޑު ބިލްބޯޑު ވެއްޓުނީ ވައިގަދަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިރުމަތީ އަވަށެއް ކަމަށްވާ ގަޓްކޯޕަރުގެ ބިޒީ މަގެއް ކައިރީގައި ހުރި ބައެއް ގެތަކަށާއި ޕެޓްރޯލް ސްޓޭޝަނެއްގެ މައްޗަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރު އެތައް ބަޔަކު ބިލްބޯޑުގެ ދަށުގައި ތާށިވެފައިވާ އިރު، އަންގާރަ ދުވަހުގެ އިރުއެރުމާއި ހަމައަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފައިއެވެ.
މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުން ބުނީ މި ހާދިސާއާއި ގުޅިގެން ޒަހަމްތަކަކާއެކު 74 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 31 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
ބޯކޮށް ވާރޭވެހުމާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގަޓްކޯޕަރުގެ ޗެޑާ ނަގަރް ސަރަހައްދުގައި ބިޒީ މަގެއް ކައިރީގައި ހުރި 30 މީޓަރު (100 ފޫޓު) ގެ މި ބިލްބޯޑު ޕެޓްރޯލް ސްޓޭޝަނަކާއި ބައެއް ގެތަކުގެ މައްޗަށް ވެއްޓިފައި ވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ބުނީ ބިލްބޯޑް ހަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ހުއްދަތައް ނުނަގާ ކަމަށެވެ.
ގުޅުންހުރި

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ
