
ނުސެއިރާތު ރެފިއުޖީ ކޭމްޕުގެ ސްކޫލަކަށާއި ގެއަކަށް ޔަހޫދީން ދިން ހަމަލާއެއްގައި 20 މީހަކު ޝަހީދުވެއްޖެ
# ޣައްޒާނުސެއިރާތު ރެފިއުޖީ ކޭމްޕުގެ ސްކޫލަކަށާއި ގެއަކަށް ޔަހޫދީން ދިން ހަމަލާގައި ޝަހީދުވި މީހެއްގެ އާއިލާއިން ހިތާމަކުރަނީ
ޣައްޒާގެ މެދުގައި އޮންނަ ނުސެއިރާޓް ރެފިއުޖީ ކޭމްޕުގެ ސްކޫލަކަށާއި ގެއަކަށް ޔަހޫދީން ދިން ހަމަލާއެއްގައި ގިނަ ބަޔަކު ޝަހީދުވެއްޖެ އެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނުސީރަތު ރެފިއުޖީ ކޭމްޕްގެ ގެއަކާއި ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހަކުވަނީ ޝަހީދުވެފައި އެވެ.
ޝަހީދުވިމީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު އެކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
ނުސީރަތު ރެފިއުޖީ ކޭމްޕަށް ވޭތުވެދިޔަ 4 ދުވަހު ޔަހޫދީން ދެމުން ދާ ހަމަލާތައްވަނީ ވަރުގަދަކޮށްފައި އެވެ. ޔަހޫދީން ތުހުމަތުކުރާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ހިމާޔަތް ހޯދަމުން ދަނީ އެކޭމްޕުގެ ތެރޭގައި އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 35,100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ. އަދި އިއްޔެއިން ފެށިގެން މިއަދުގެ ހެނދުނާއި ހަމައަށް 82 މީހަކު ވަނީ ޔަހޫދީން ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ޣައްޒާ ސަމިޓުގައި ފަލަސްތީނުގެ ރައީސް އައްބާސް އާއި ނިރުބަވެރި ނަތަންޔާހޫ ބައިވެރިވާނެ!

ަޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި - ރިޕޯޓު

ހަމާސްއާއި އިސްރާއީލުން ކުރިޔަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ހަމަލާބަދަލުކުރުން ހުއްޓާލާނެ - ރިޕޯޓު
