
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 35,100 އަށްވުރެ މައްޗަށް އަރައިފިއެެވެ.

ޣައްޒާގައި ހުންނަ ފަަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ދެމުންގެންދާ ހަަމަލާތަކުގައި މިހާތަނަށް 35,173 މީހަކު ވަނީ ޝަހީދުވެފައެވެ.
އޭގެ ތެރޭގައި 15,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަލާތަކުގައި ވީނުވީއެއް ނޭނގި ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާއިރު އޭގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑި އަރަކީ މިފަހަކުން ޔަހޫދީންގެ ހަމަލާތަކުގައި އެއްދުވަހުން އެންމެ ގިނަ މީހުން ޝަހީދުވި އެއްދުވަހެވެ. އެގޮތުން 24 ގަޑި އިރުގެ ތެރޭގައި 82 މީހަކު ވަނީ ޝަހީދުވެފައި އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި 79,061 މީހުން ޣައްޒާއިން އެކަނި ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 234 ގައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



