
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 35000 އަށް, 14,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ
# ފަލަސްތީން - އިސްރާއިލްޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއް
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 35,000 އަށްވުރެ މައްޗަށް އަރައިފިއެެވެ.

ޣައްޒާގައި ހުންނަ ފަަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ދެމުންގެންދާ ހަަމަލާތަކުގައި މިހާތަނަށް 35,091 މީހަކު ވަނީ ޝަހީދުވެފައެވެ.
އޭގެ ތެރޭގައި 14,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަލާތަކުގައި ވީނުވީއެއް ނޭނގި 10,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު އޭގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި 78,827 މީހުން ޣައްޒާއިން އެކަނި ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޮކްޓޯބަރ ހަތްވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 124 ކުޑަކުދިން ހިމެނޭހެން 498 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ހުޅަނގު އައްސޭރީގައި 4,950 މީހުން ޒަޚަމްވެފައިޥާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އައިސީސީ އިން ނިރުބަވެރި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!

އިޒްރޭލުގެ ނިރުބަވެރި ހަމަލާއެއް އަނެއްކާވެސް ޣައްޒާއަށް, މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް ބެލެވޭ - ރިޕޯޓް
