
ޙަމާސް އިން އިސްރާއީލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފި
# ޣައްޒާ# ފަލަސްތީން - އިސްރާއިލްއިސްރާއީލުގެ އަސްކަރިއްޔާގެ އުޅަނދުތަކެއް
ފަލަސްތީނުގެ ޣައްޒާގެ ދިފާޢުގައި ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތުން އިސްރާއީލުގެ ހަރުކަށި އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޙަމާސްގެ ބައެއްގެ ގޮތުގައި ހިމެނޭ ގައްސާމް ބްރިގޭޑާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައިި، އިސްރާއީލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ހަމާސް އިން ޙަމަލާދީފައިވާކަން ޢިއުލާންކުރީ ޙަމާސްގެ ޓެލެގްރާމް ގްރޫޕުގައެވެ.
އެގޮތުން ގައްސާމް ބްރިގޭޑުން ބުނި ގޮތުގައި، މިއަދުގެ ހެނދުނުން ފެށިގެން އެ ޖަމާއަތުން ވަނީ އިސްރާއީލުގެ މެރްކާވާ ޓޭންކަކާއި، ހަތިޔާރު އެޅި ނުވަ އުޅަނދެއް ގޮއްވާލާފައެވެ.
އަދި އެ ޖަމާއަތުން ބުނި ގޮތުގައި، ޓީބީޖީ ޝެލްތަކާއި އެއްކޮށް ގެއެއްގައި ތިބި އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންނަށް ޢަމާޒުކޮށް ޙަމަލާދީ ގޮއްވާލައިފައިވާ އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލުގެ އަޝްކެލޮން އަދި ސްޑެރޯޓްގައި ތިބި ސިފައިންނާއި ހަތިޔާރު އެޅި އުޅަނދުތަކަށް ވެސް ޙަމަލާދީފައިވާ ކަމަށެވެ.
އެ ޖަމާއަތާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޖަމާއަތުން ހަމަލާތައް ދީފައިވަނީ ޖަބަލިޔާ ރެފިއުޖީ ކޭމްޕުގެ ކައިރީގައި ތިބި ސިފައިންނާއި ހަތިޔާރު އެޅި އުޅަނދުތަކަށެވެ.
މި ޙަމަލާތަކުގައި މަރުވެ ނުވަތަ އަނިޔާވި ސިފައިންގެ މައުލޫމާތެއް އެ ޖަމާއަތުން އަދި ހާމަކޮށްފައެއްނުވެއެވެ.
ހަމާސް އިން އިސްރާއީލުގެ އަސްކަރިއްޔާއަށް ހަމަލާދީފައިވަނީ ޖަބާލިއާ އާއި ޣައްޒާ ސިޓީގެ ޒީތޫން އަވަށުގެ އިތުރުން ބެއިޓް ލަހިޔާ އާއި ބެއިޓް ހަނޫންގައި ވެސް އިސްރާއީލު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައިވަނިކޮށެވެ.
ގުޅުންހުރި

ޣައްޒާއަށް އުތުރަށް ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިން ހިމެނޭހެން 4 މީހަކު ޝަހީދުކޮށްލައިފި: މިއަދުގެ ޖުމުލަ އަދަދު 50 އިން މައްޗަށް!

މި ހުކުރުގައި ޔަހޫދީންގެ ހަމަލާތައްވީ އިތުރު: މިއަދުގެ މިވަގުތާއި ހަމައަށް 45 މީހުން ޝަހީދުކޮށްލައިފި

ޔަހޫދީން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމާއިއެކު ޓެންޓުތަކުގެ ރޯވެ އަނދަނީ: ކުޑަކުއްޖަކުވެސް ޝަހީދުވެއްޖެ
