logoEN
cocacola
7 ވަނަ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ގުރުލުން ބާއްވައިފި

7 ވަނަ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ގުރުލުން ބާއްވައިފި

ހަސަން ޝަމްއޫން

logo

5/12/2024, 1:22:02 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވިސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯލް މޯލްޑިވްސް# ހޭންޑްބޯޅަ

ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ގުރުނެގުމުގެ ރަސްމިއްޔާތު ތެރެއިން

ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހަތްވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ގުރުލުން ރޭ ބާއްވައިފިއެވެ.

ގޮސިޔާ

ރޭ ބޭއްވުނު ގުރުލުމުގެ ރަސްމިޔާތުގައި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި އަންހެން 16 ޓީމު އަދި ފިރިހެން 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރުއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެޑިވިޝަނަކަށް ބަހާލައިގެންނެވެ.

އެގޮތުން މުބާރާތުގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މިދިޔަ އަހަރު އަންހެން ޑިވިޝަނުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމު ސީޑް ކުރެވިފައިވާއިރު، މިހަތަރު ޓީމު ހިމެނެނީ، ހަތަރު ގުރޫޕްގައެވެ. އަދި މީގެ އިތުރުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު 10 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވައިވެރިވި 10 ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްފައި ވެސް ފަސްޓީމު ހިމެނޭއިރު، މިދިޔަ އަހަރުގެ ފިރިހެން ޑިވިޝަނުގެ ސެމީގައި ވާދަކުރި ހަތަރު ޓީމުގެ ތެރެއިން މިއަހަރުގެ މުބާރާތުގައި ބައިވެރިވި ތިން ޓީމު ސީޑް ކުރިއިރު އޭގެ ތެރެއިން ދެޓީމު ގުރޫޕް އޭގައި ހިމެމުނުއިރު، ގުރޫޕް ބީގައި އެއްޓީމު ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ފިރިހެން ޑިވިޝަނުގައި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. އަދި މުބާރާތުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭ އެވެ. އަދި މުބާރާތުގެ ދެޑިވިޝަނުގެ ފައިނަލު މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ