logoEN
cocacola
ލަންކާ އަސްކަރިއްޔާއާއި ގުޅިގެން ހިންގި ނުރައްކާތެރި ގޮވާތަކެތި ނައްތާލުމުގެ ތަމްރީން ނިންމާލައިފި

ލަންކާ އަސްކަރިއްޔާއާއި ގުޅިގެން ހިންގި ނުރައްކާތެރި ގޮވާތަކެތި ނައްތާލުމުގެ ތަމްރީން ނިންމާލައިފި

އަހުމަދު ޝުރާއު

logo

5/12/2024, 7:10:56 AM

# ސިފައިން

ކޯސް ފުރިހަމަ ކުރި ދަރިވަރެއް

ސްރީލަންކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ހިންގި "ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ކޯސް–3" (ލެވެލް 2) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގޮސިޔާ

މިކަމަަށް ޓަކައި މިއަދު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ކޯހުން ދަސްވެނިވުނު ސިފައިންނަށް "އީއޯޑީ ބެޖު" ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. އަދި ކޯހުގެ ވަނަތައް ހާސިލުކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވެސް ޝަރަފުވެރި މެހުމާނެވެ.

މި ކޯސް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓަކްޓަރުންނާއި، ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ޚާތިމް އަޙްމަދުއެވެ.

2024 މާރިޗު 24 އިން މޭ 11 އަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފައެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ލާންސް ކޯޕްރަލް މުޙައްމަދު ސާވިން (ސނ. 8327) އެވެ. އަދި، ޕްރައިވެޓް ފާތިމަތު ޝަހުދާ އަބޫބަކުރު (ސނ.8714) ކޯހުން ދެވަނަ ހާސިލުކުރިއިރު، ކޯހުން ތިންވަނަ ހާސިލުކޮށްފައިވަނީ ސްޓާފް ސާޖަންޓް މުޙައްމަދު ރަފީޤް (ސނ.6361) އެވެ.

އީއޯޑީ ލެވެލް 2 ކޯހަކީ ކޮންވެންޝަނަލް މިއުނިޝަން ޑިސްޕޯސަލްއާއި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އުނގަންނައިދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

މި ކޯހުގައި ކިޔަވައިދެވިފައިވާ ދާއިރާތަކުގެ ތެރޭގައި އެކްސްޕްލޯސިވްސް، ޑިމޮލިޝަން، ބޫބީ ޓްރެޕްސް، އާމްސް އެންޑް އެމިއުނިޝަން، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް، ސަރޗް ޓެކްނިކްސް އަދި މައިން ވޯފެއަރ ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ