
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
# ސިފައިން--
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ސިފައިން ހާމަކޮށްފައި ނުވާއިރު ސިފައިން ވަނީ އެބޯޓުގެ ފޮޓޯއެއް އާންމުކޮށްފައެވެ.
ފޮޓޯއިން ފެންނަ ގޮތުގައި އެމަސްބޯޓަކީ މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގެންފައިވާ މަސްބޯޓުތަކާއި ދާދި އެއްގޮތް މަސްބޯޓެކެވެ.
ރާއްޖޭގެ ކަނޑުގެ ސަރައްހަދު ބެލެހެއްޓުމަށް ސިފައިން މިހާރު ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުންވެސް ސިފައިންގެ ޑްރޯންއަކުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ މަސްބޯޓެއް އަތުލައިގެންފައި އެވެ.
ގުޅުންހުރި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ

ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރަކު ހާލު ދެރަވެގެން މާލެ ގެނެސްފި




