logoEN
cocacola
ރައީސްގެ އަގުވައްޓާލައި އެމަނިކުފާނުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާ މީހުން ފަޟީހަތްވާނެ - އަދުރޭ

ރައީސްގެ އަގުވައްޓާލައި އެމަނިކުފާނުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާ މީހުން ފަޟީހަތްވާނެ - އަދުރޭ

އައިޝަތު އިފާޝާ

logo

5/11/2024, 6:45:54 AM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު, އަދި އަބްދުއްރަހީމް އަބްދުالله

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަގުވައްޓާލައި އެމަނިކުފާނުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާ މީހުން ފަޟީހަތްވުން ނޫން އިތުރުކަމެއް ހާސިލު ނުވާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ, ރައީސް ޑރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުން ދަނިކޮށް އެމަނިކުފާނަށް ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީން ވަނީ ސާބިތުކޮށްދީފައި ކަމަށެވެ.

އަދި އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ ޓީމު އޮތީ ބަދަހިކޮށްކަމަށެވެ. އަދި ދިވެހީން ދާނީ މުޢިއްޒު ދުވެލީގައި ގައުމާއިގެން ކުރިއަށް ކަމަށްވެސް އަބްދުއްރަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ