logoEN
cocacola
ހިޒްބުاللهއިން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާއެއްދީފި

ހިޒްބުاللهއިން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާއެއްދީފި

އަހުމަދު ޝުރާއު

logo

5/10/2024, 5:22:51 PM

# ޔަހޫދީ އިސްރާއީލް

ހިޒްބުالله އިން މީގެ ކުރިން ޔަހޫދީނަށް ދިން ހަމަލާއެއް

ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުން އަންނަ ލުބުނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުاللهއިން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާއެއްދީފި އެވެ.

ގޮސިޔާ

ހިޒްބުالله ޖަމާއަތުން ބުނީ ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ލުބުނާނުގެ ބޯޑަރު ކައިރީގައި ހުންނަ ކިރްބެތު މާރް އަސްކަރީ މަރުކަޒަށް ކަޓިއުޝާ ރޮކެޓްގެ ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

ހިޒްބުالله އިން ބުނީ ރޮކެޓް ހަމަލާތައް އަމާޒުވެފައިވަނީ އިސްރާއީލު ސިފައިން މީގެ ކުރިން ދިން ހަމަލާއެއްގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް އެއްވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި، އައު ހަމަލާގެ ސަަބަބުން ޔަހޫދީންގެ ގިނަ ބަޔަކަށް އަނިޔާވެ އަސްކަރީ މަޒުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެ ޖަމާއަތުން މިއަދު މިހާތަނަށް އިސްރާއީލުގެ ތަންތަނަށް ހަތް ހަމަލާއެއް ދީފައިވާއިރު، އަނެއް ހަމަލާތައް އަމާޒުކޮށްފައިވަނީ ކިރިޔަތު ޝްމޯނާ އާބާދީ އާއި ޔަފްތާހް ބެރެކްގެ އިތުރުން އެހެން ތަންތަނަށް ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ