logoEN
cocacola
އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

އަހުމަދު ޝުރާއު

logo

5/30/2024, 4:47:21 PM

# ޔަހޫދީ އިސްރާއީލް

މީކާއިލް

ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ އިޒްރޭލުގެ ޕާސްޕޯޓު އޮތް މީހުން ރާއްޖެ އައުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް، މަޖިލީހަށް ހުށަހަޅައިފި އެވެ.

ގޮސިޔާ

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މީކާއީލް މިކަން ހާމަކުރައްވައި އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމް.ޑީ.ޕީ އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގާ ކުރާ އެންމެ ފުރަތަމަ މަސައްކަތެެއްގެ ގޮތުން، އިޒްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަައް ރާއްޖެ އެތެރެވުން މަނާކޮށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

މި ޕޯސްޓުގައި މީކާއިލް ވަނީ އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުގެ ދެލިކޮޕީ ހިމަނުއްވާފައިވެ އެވެ. އޭގައި ވަނީ ރާއްޖެއަށް އެތެރެވުން މަނާ މީހުންގެ ބާބެއް ގާނޫނަށް އިތުރު ކުރު ކުރުމަށެވެ. އިތުރުކުރާ ބާބުގައި ލިޔެފައިވަނީ އިޒްރޭލް ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް އެތެރެވުން މަނާ ކަމަށެވެ.

މިއީ 20 ވަނަ މަޖިލީހަށް އިދިކޮޅުގައި މިވަގުތު އޮތް އެމްޑީޕީއިން ހުށަހެޅި ފުރަތަމަ ބިލެވެ. މި ބިލް ފާސްކުރެވޭނީ މިހާރު މަޖިލިސް އޮތް ގޮތުން ނަމަ ސުޕާ މެޖީރިޓީއޮތް ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ތާއީދާއި އެކުގައި އެވެ.

ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެއްވެސް ކުށެއް ނެތް 36,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ