logoEN
cocacola
ހިޒްބުالله ގެ ހަމަލާއާއި އެކު ޔަހޫދީ ސިފައިން ބިރުން ފިލަން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

ހިޒްބުالله ގެ ހަމަލާއާއި އެކު ޔަހޫދީ ސިފައިން ބިރުން ފިލަން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

އަހުމަދު ޝުރާއު

logo

6/23/2024, 1:19:57 PM

# ޔަހޫދީ އިސްރާއީލް

ހިޒްބުالله އިން މިއަދު ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއާއި އެކު ޔަހޫދީ ސިފައިން ބިރުން ސަލާމާތްވާނެ ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ގޮސިޔާ

މި ވީޑިއޯ އާންމުކޮށްފައިވަނީ ޔަހޫދީ އިޒްރޭލުގެ ރޭޑިއޯ ސްޓޭޝަނެއްގެ ރަސްމީ އެކްސް އެކައުންޓުންނެވެ.

އަލް ޖަޒީރާއިން ބުނާ ގޮތުގައި އިޒްރޭލުގެ މަތީ ގަލީލުގެ އަޔެލެޓް ހާޝަހަރުގައި ހުންނަ އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހިޒްބުاللهގެ ޑްރޯން ހަމަލާއެއް ދިނުމުން ސިފައިންގެ މެދުގައި ބިރުވެރިކަން އުފެދުނު ކަމަށް އަލްޖަޒީރާގެ ސަނާދު ފެކްޓް ޗެކިން އެޖެންސީން ކަށަވަރުކުރި ވީޑިއޯއަކުން ވަނީ ފެނިގެން ގޮސްފައި އެވެ.

View post on Twitter

އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން އެކްސްގައި ހިއްސާކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ ބޭސް ކައިރީގައި ސައިރަންގެ އަޑާއި އެކު ސަލާމަތްކަން ހޯދަން ޔަހޫދީ ސިފައިން ހަލަބޮލިކޮށް ދުވަމުން ދެ އެވެ.

ސިފައިންގެ ތެރެއިން އެކަކު ނުތަނަވަސް އަޑަކުން ބުނަނީ "[ޑްރޯން] މިތަނަށް ވެއްޓޭނެ، އާނ މިތަނަށް ވެއްޓޭނެ". އެހެން ސިފައިންގެ މީހަކު "މިތާ އަދި އެއް ޑްރޯން އެބަ އޮތް" އޭ ބުނެ ހަޅޭއްލަވާ އަޑު އިވެއެވެ. ކެމެރާއިން ޑްރޯންއެއް ބޭސް މަތިން ހުއްޓުވި ވަގުތު، މަންޒަރު ނަގަމުން ދިޔަ ސިފައިންގެ މީހާ ކަވަރު ނަގަން އެތެރެއަށް ދުވެފައި ދިއަ މަންޒަރުވެސް ފެނިގެން ދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ